ލަންޑަނުން ސިންގަޕޫރަށް ދަތުރުކުރި ސިންގަޕޯރ އެއާރލައިންސްގެ މަތިންދާ ބޯޓެއް ގަދަ ކޮޅިގަނޑެއްގައި ޖެހި މީހަކު މަރުވެ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް އަނިޔާ ވެއްޖެއެވެ.

211 ފަސިންޖަރުންނާއި 18 ކްރޫއިންނާއި އެކު ދަތުރުކުރި މި ބޯޓު ކުއްލިޔަކަށް ކޮޅިގަނޑެއްގައި ޖެހި ދަތުރު ކުރަމުންދިޔަ އުސްމިނުން ތިރިޔަށް ވެއްޓި، ތެޅެން ފެށިކަމަށް އެ ބޯޓުގައި ދަތުރުކުރަމުން ދިޔަ ފަސިންޖަރަކު މީޑިއާއަށް މައުލޫމާތު ދިނެވެ. އަދި ކުއްލިޔަކަށް މިކަން ދިމާ ވުމުން ސީޓްބެލްޓް ނާޅާ ތިބި ފަސެންޖަރުން އެކި ތަންތަނަށް ވިއްސައިގެން ދިޔަކަމަށްވެސް މީޑިއާއަށް މައުލޫމާތު ދިން އެހެން ފަސިންޖަރަކު ބުންޏެވެ.

މި ހާދިސާ ހިނގުމާއި ގުޅިގެން ބޯޓުގެ މިސްރާބު ބަދަލުކޮށް ތައިލެންޑްގެ ސުވަރްނަބޫމީ އިންޓަރނޭޝަނަލް އެއާރޕޯޓަށް ވަނީ ޖައްސާފައެވެ. ސިންގަޕޯރ އެއާރލައިންސުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓުގައި ދަތުރުކުރި 31 މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށެވެ. އަދި ބާކީ ތިބި ފަސިންޖަރުންނާއި ކްރޫއިންނަށް އެއާރޕޯޓުގައި ދޭންޖެހޭ ފަރުވާ ދެމުންދާކަމަށް ބުނެފައި ވެއެވެ.

ސިންގަޕޯރ އެއާރލައިންސްގެ މި މަތިންދާ ބޯޓުގައި މި ހިނގި ހާދިސާގެ އަސްލު ހަގީގަތް އަދި ސާފެއް ނުވެއެވެ. ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުން އަނިޔާވުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. މަތިންދާ ބޯޓުގައި ތިބޭ ކްރޫއިންނަކީ ކޮޅިގަނޑެއްގައި ޖެހުމުން ކަންތައް ކުރަންޖެހޭ ގޮތުގެ ތަމްރީން ދީފައި ތިބޭ ބައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން