ނ. ވެލިދޫ މަގު ބައްތިތަކަށް ކަނެކްޝަން އެޅުމުގައި ފެނަކައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން މިއަދު ބުނީ ނ. ވެލިދޫ މަގު ހެދުމުގެ މަޝްރޫއުގައި އަލަށް ހަރުކުރެވޭ މަގު ބައްތިތަކަށް އަޅަންޖެހޭ ކަނެކްޝަން އެޅުމުގައި ފެނަކަ ވެލިދޫ ބްރާންޗުގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

އޭގެއިތުރުން އެ ކުންފުންޏަކީ އިޖުތިމާޢީ މަސައްކަތްތަކުގައި ޓެކްނިކަލް ދާއިރާތަކުން ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އަބަދުވެސް ކުރީ ސަފުގަައި ހަރަކާތްތެރިވާނެ ކުންފުންޏެއް ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.



ފެނަކަ ފާހަގަ ކުރެވިފައިވަނީ ރަށްރަށުގައި ހިންގާ އިޖްތިމާޢީ މަސައްކަތްތަކުގައި އަމިއްލަ އިސްނެގުމާއެކު ބައިވެރިވެ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން