އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި ގައްޒާގެ ރަފާޙް ސަރަހައްދުގައި ހިންގަމުންދާ ލާއިންސާނީ އުދުވާން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ އިދާރާތަކަށް އެމްޑީޕީން ގޮވާލައިފިއެވެ.

އައިސީޖޭ އިން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލާ ރަފަހަ ކުރޮސިންވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލަން ޖެހޭނެކަމަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ގައްޒާގައި ހާލުގައި ޖެހިފައި ތިބި ފަލަސްތީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް އައިސީޖޭއިން އަމުރުކޮށްފައިވާއިރު އެ އެންގުމަށް ވެސް ބައިނަލްއަގްވާމީ މުޖުތަމައުން ފުރިހަމައަށް އަމަލުކުރުމަށް ގޮވާލާފައެވެ.

އަދި އިސްރާއީލްގެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް މިއީ އެންމެ ރަނގަޅު ވަގުތު ކަމަށްވާއިރު ބައިނަލްއަގްވާމީ އިދާރާތަކުން އިސްރާއީލާއި ދެކޮޅަށް ނެރެފައިވާ ގަރާރުތަކާއި އަމުރުތައް ވަގުތުން ވަގުތަށް ތަންފީޒު ކުރުމަށް ވެސް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އެމްޑީޕީގެ ބަޔާނުގައި، ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޒަމާނުއްސުރެ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން