ސަރުކާރު ހިންގާ މައި ޕާޓީ, ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޒީނާޒު އަދުނާން ހަމަޖައްސައިފިއެވެ.

ޕީއެންސީން އެކަން މިރޭ ވަނީ ރަސްމީކޮށް އާންމުކޮށްފައެވެ. ޒީނާޒަކީ މީގެ ކުރިން ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނުނު މެންބަރެކެވެ. އޭގެ އިތުރުން ޒީނާޒަކީ ތައުލީމީ ދާއިރާގައި އިސް މަގާމުތަކުގައި އެކި ދުވަސްވަރު މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. ހާއްސަކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ.

ޒީނާޒަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ފަރާތެކެވެ.

ޕީޕީއެމްގެ ދަށުން ހިނގަމުން އައި ޕީއެންސީ އަކީ ވެރިކަމަށް އައިއިރު މެންބަރުން މަދު ޕާޓީއެކެވެ. ނަމަވެސް، ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއިއެކު އެ ޕާޓީއަށް މެންބަރު ކުރުމުގެ މަސައްކަތް ޕާޓީން ވަނީ ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން