ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލެއްވި 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހަށް 368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އީސީން ބުނީ ވަގުތު ހަމަވިއިރު 48 ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅާފައިނުވާ ކަމަށެވެ. އިސީން ބުނީ ވަގުތު ހަމަވިއިރު މާލީ ބަޔާން ހުށައެޅީ އިންތިހާބުގައި ވާދަކުރި 320 ކެންޑިޑޭޓުން ކަމަށެވެ.
އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގައިވާ ގޮތުން އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް އިންތިޚާބަށް ކުރިމަތިލާ ހުރިހާ ކެންޑިޑޭޓުންވެސް އިންތިޚާބު ނިމޭތާ 30 ދުވަހުގެ ތެރޭގައި އީސީއަށް ހުށައަޅަން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ކެންޑިޑޭޓުންނަށް އެ މުއްދަތު ހަމަވީ މި ދިޔަ ބުދަ ދުވަހުގެ ދަންވަރު 12:00 އަށެވެ.
މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ ހަތްދިހަ ދެހާސް ރުފިޔާއިން ޖޫރިމަނާކުރުމެވެ.
ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކޮށް ބެލޭނެހެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު