މާލޭގައި ފާރެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ހާދިސާ ހިނގީ މަޖީދިއްޔާ ކުރިމަތީ ޕާކިންގ ޒޯނުގައި ކަމަށެވެ.

އެތަނުގައި ހުރި ފާރެއް ވެއްޓި ކާރަކަށް ގެއްލުން ލިބިފައިވާތީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތުދީފައިވެއެވެ.

ސިޓީ ކައުންސިލުން ބުނީ އެޙާދިސާ ހިނގާފައިވާ ސަރަޙައްދަށް މާލޭގެ މޭޔަރު އާދަމް އާޒިމް ޒިޔާރަތް ކުރަށްވާފައިވާ ކަމަށެވެ.

މާލޭގައި ފާރެއް ވެއްޓި ކާރަކަށް ގެއްލުން ވެފައިވާއިރު، ދާދި ފަހުން އަތޮޅު ތެރޭގައި ވެސް ވަނީ ފާރެއް ވެއްޓި މީހަކު ޒަހަމް ވެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، ވައިގަދަވެ ބޮޑެތި ގަސްތައް ވެއްޓި ޢާއްމުންގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން