މާލޭ ސިޓީގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާ ހަވާލު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، މާލޭ ސިޓީގައި ކައުންސިލުން ބަލަހައްޓަމުން ގެންދާ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ބިދޭސީންގެ އަތުން ނެގުމަށްފަހު އެމަސައްކަތް މިހާރު ދިވެހިންނާ ޙަވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ 10 މިސްކިތާއި، މާލޭގެ 22 މިސްކިތާއި، ވިލިމާލޭގެ 2 މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ދެން ކުރަމުން ދާނީ ދިވެހިން ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ.

މާލޭގެ މިސްކިތްތައް ސާފުކުރަން 110 ދިވެހިން ހޯދަން މިދިޔަ މާރޗް މަހުގެ 21 ވަނަ ދުވަހު އިޢުލާނު ކުރުމުން އެ މަގާމުތަކަށް 230 މީހުން ކުރިމަތިލިކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިސްކިތްތައް ސާފުކުރުމުގެ ވަޒީފާއަށް މުވައްޒަފުން ނަގާފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.

މިސްކިތްތައް ފޮޅާ ސާފުކުރުމަށް މުސާރައިގެ ގޮތުގައި މީހަކަށް މަހަކު 12،000 ރުފިޔާ ދިނުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު މީގެ ކުރިން މާލޭގެ މިސްކިތްތައް ސާފުކުރަމުން އައީ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން