20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ނާޒިލްގެ ނަންފުޅު ހުށައަޅުއްވައިފިއެވެ.
މިހާރު ކުރިޔަށްދާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމްގެ ނަންފުޅު ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ. ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަންފުޅު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދެވެ.
މަޖިލީހުގެ ނައިބުރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އަދި ނައިބުރައީސްގެ މަގާމަށް އެމްޑީޕީން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަންފުޅު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ.
މަޖިލީހުގެ ރައީސް އިންތިޚާބުކުރުން ކުރިއަށް ގެންދާނީ މެންބަރުންގެ ސިއްރު ވޯޓަކުންނެވެ. މި ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަޖިލީހުގައި މިވަގުތު ތިއްބެވި މެންބަރުން ހިމެނޭހެން ފަސް މެންބަރުންގެ ކޮމިޓީއެއް ވަނީ ނަގާފައެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙިމް ދީދީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާންވާނެ ކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.
ހަމައެއާއެކު މަޖިލީހުގެ ރައީސާއި ނައިބުރައީސް އިންތިޚާބުކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެއް ކަމަށްވެސް ޤާނޫނުއަސާސީގައި ބުނެފައިވެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ.
އާ މަޖިލީހުގެ މެންބަރުން ހުވާކުރަށްވާފައިވަނީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ވިހި ވަނަ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.
މި މަޖިލީހުގެ މެޖޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ. އެގޮތުން ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާނެ އެވެ. އާ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކީ އެމްޑީޕީ އެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބުގައި އެ ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު