ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން 2210 މީހުން ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1347 ގުޅީފަޅަށް ބަދަލުކުރަން މި ސަރުކާރުން ނިންމީ މިދިޔަ އޭޕްރިލް މަހު އެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރަން ނިންމާފައި ވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯއްޗެވެ.

އޭގެތެރެއިން 1250 އަކަފޫޓުގެ 193 ގޯތި ބަދަލު ކުރަން އެދި ހުށަހެޅީ 1093 މީހުންނެވެ. އަދި 1650 އަކަފޫޓުގެ 663 ގޯތި ބަދަލު ކުރަން އެދި 880 މީހުން ހުށައަޅާފައިވާއިރު 2050 އަކަފޫޓުގެ 487 ގޯތި ބަދަލު ކުރަން އެދި ހުށަހެޅީ 234 މީހުންނެވެ. އޭގެ އިތުރުން 2450 އަކަފޫޓުގެ ހަތަރު ގޯތި ބަދަލު ކުރަން އެދި ހުށަހެޅީ 3 މީހުންނެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅިފަޅަށް ގޯތި ބަދަލު ކުރުމަށް ހުށަހެޅި ފަރާތްތަކުގެ ލިސްޓު ޢާއްމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ރޭގަނޑު 11 ޖެހުމާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނީ މިގޯތިތަކަށް ގުރު ނެގުން އޮންނާނީ އަންނަ މަހުގެ 4 ގައި ކަމަށާއި ގުރު ނަގާނެ ތަނާއި ގަޑި ފަހުން އިއުލާން ކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން