71 ވޯޓާއެކު މަޖިލީހުގެ ރައީސަކަށް އަބްދުއްރަޙީމް އިންތިޚާބުވެ ވަޑައިގެންފިއެވެ.
މިހާރު ކުރިޔަށްދާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ސިއްރު ވޯޓުންނެވެ.
މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްއާއި ވާދަކުރެއްވީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
މަޖިލީހުގެ ރައީސް ހޮވަން ނެގި ސިއްރު ވޯޓުގައި 71 މެންބަރުންގެ އަޣުލަބިއްޔަތުން އެ މަގާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމެވެ. އެމްޑީޕީން ހުށަހެޅި ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ބާތިލް 7 ވޯޓު ހިމެނޭއިރު ސައްހަ ވޯޓުގެ އަދަދަކީ 85 އެވެ.
އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭނާ މިހާރު ހުންނެވީ ރައީސް ޑރ. މުޢިއްޒުގެ ޚާއްސަ މުޝީރުގެ މަޤާމުގައެވެ.
ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާއިރު އަބްދުއްރަޙީމަށް 71 ވޯޓު ލިބިވަޑައިގެންފައިވާތީ އެއީ ޕީއެންސީގެ މެންބަރުންގެ ޖުމްލަ ޢަދަދަށްވުރެ 4 ވޯޓު މަދު ޢަދަދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާންވާނެ ކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދަނީ މަޖިލީހުގެ ނައިބު ރައީސް އިންތިޚާބު ކުރުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު