80 ވޯޓާއެކު 20 ވަނަ މަޖިލީހުގެ ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބުވެ ވަޑައިގެންފިއެވެ.
މިހާރު ކުރިޔަށްދާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް އަޙްމަދު ނާޒިމް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ސިއްރު ވޯޓުންނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އަޙްމަދު ނާޒިމާއި ވާދަކުރެއްވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ އެވެ.
މަޖިލީހުގެ ނައިބު ރައީސް ހޮވަން ނެގި ސިއްރު ވޯޓުގައި 80 މެންބަރުންގެ އަޣުލަބިއްޔަތުން އެ މަގާމަށް އިންތިޚާބުވެ ވަޑައިގެންފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. އެމްޑީޕީން ހުށަހެޅި ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.
އާ މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުވެވަޑައިގެންނެވި އަޙްމަދު ނާޒިމްވަނީ ވަނީ 16 ވަނަ މަޖިލީހާއި 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
ޕީއެންސީގެ ޕީޖީގައި 75 މެންބަރުން ތިއްބަވާއިރު ނާޒިމަށް 80 ވޯޓު ލިބިވަޑައިގެންފައިވާތީ އެއީ ޕީއެންސީގެ މެންބަރުންގެ ޖުމްލަ ޢަދަދަށްވުރެ 5 ވޯޓު އިތުރު ޢަދަދެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރައީސަކާއި ނައިބުރައީސެއް، އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބުކުރާންވާނެ ކަމަށް ޤާނޫނު އަސާސީގައި ވަނީ ބަޔާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު