3 ކައުންސިލެއްގެ ބައި-އިލެކްޝަންގެ ރީރަޖިސްޓްރޭޝަނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އީސީން ބުނީ ދ. ކުޑަހުވަދޫ ކައުންސިލް ރައީސްކަމުގެ މަޤާމާއި، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމާއި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ރީރަޖިސްޓަރީވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ޖޫން 15ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލެއްވުމަށް ރީރެޖިސްޓަރވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި 2024 މޭ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2024 މޭ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ހުށައެޅުއްވުމަށް އީސީން ވަނީ އެދިފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި މާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް ފިޔަވައި އެހެން ތަންތަނަށް ނުވަތަ ރަށްރަށައް ރަޖިސްޓަރީވެފައިވާ މީހުުންގެ ވޯޓްލެވޭ ރަށް އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައިވާ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

ދ. ކުޑަހުވަދޫ ކައުންސިލް ރައީސްކަމުގެ މަޤާމާއި، މ. މުލަކު ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމާއި ލ. ގަމު ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ ޖޫން 15 ވާ ހޮނިހިރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން