19 ވަނަ މަޖިލީހުގެ ގަވާއިދަށް ވަގުތީގޮތުން އަމަލު ކުރަން 20 ވަނަ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީން ވަނީ ބުނެފައެވެ.
މިއަދުގެ ޖަލްސާގައި، 19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް މި މަޖިލީހުން ވަގުތީގޮތުން އަމަލުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ފަލާޙް ވަނީ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީއާ ހަވާލު ކުރުމަށްވެސް ހުށައަޅުއްވާފައެވެ. އަދި އެ މަސައްކަތް އަންނަ މަހު 26 ގެ ނިޔަލަށް ނިންމައި މަޖިލިހުގެ ތަޅުމަށް ހުށައެޅުމަށްވެސް ފަލާހުގެ ހުށަހެޅުއްވުމުގައި ވެއެވެ.
ފަލާޙުގެ ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ތާއީދު ކުރައްވައިފަ އެވެ.
ފަލާހުގެ ހުށަހެޅުމަށް ވޯޓަށް ހުލުވާލުމުން ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު