ފެނަކައިން ހިދުމަތްދޭ ހުރިހާ ރަށެއްގެ އިޖްޖިމާއީ ދިއްލުންތަކުގައި ބޭނުންކުރާ (ބަނދަރާއި މަގުމަތީގެ) ބައްތިތަކުގެ އިންސްޕެކްޝަނެއް ހަދަން ފަށައިފިއެވެ.

ފެނަކައިން ބުނީ އެ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި ޖަހާފައި ހުރި ބައްތިތަކުގެ އިންސްޕެކްޝަން ކުރިއަށްގެންދާނީ ކައުންސިލްތަކާއި ގުޅިގެން ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި ބައްދަލުކޮށް، ކައުންސިލްތަކާއި ގުޅިގެން މި ބައްތިތަކުގެ ހުރި މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާކަަމަށް ފެނަކައިން ހާމަކޮށްފައިވެއެވެ.

އަދި ވަކިން ހާއްސަކޮށް މަގުބައްތިތަކުގައި އީއެލްސީބީ ހަރުކުރެވިފައި ވޭތޯ ބެލުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކައިން މައުލޫމާތުދެއެވެ. މިގޮތުން ކައުންސިލްތަކާއެކު އެއްބަސް ވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނެވި ގޮތެއްގައި ފެނަކައިގެ ފަރާތުން މަގު ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.



ފެނަކައިގެ އަމާޒަކީ ފެނަކަ ހިދުމަތްދޭ ހުރިހާ ރަށެއްގެ މަގު ބައްތިތައް އެއް ސްޓޭންޑަރޑެއްގައި ބެހެއްޓުމެވެ. އަދި މިފަދަ ކަންކަމުގައި މިހާރުވެސް ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން