ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު
ރާއްޖޭގެ 15 އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ސައިޓުތައް ޤާއިމުކުރަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް ރޭ ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ އިރުޝާދާއެކު އަތޮޅުތެރޭގައި މިހާރު ހުރި ޕަބްލިކް ވާރކްސްގެ ސައިޓުތަކުގެ އިތުރުން 15 އަތޮޅެއްގައި ސައިޓުތައް ޤާއިމުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި ޕަބްލިކް ވާރކްސްގެ ޚިދުމަތް ދެމުންދާތާ މިހާރު ތިރީހަކަށް އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ޕަބްލިކް ވާރކްސް ސައިޓުތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިިއެވެ.

ހަމައެއާއެކު ޕަބްލިކް ވާރކްސް ސައިޓުތަކުގައި މަސައްކަތް ކުރަށްވާ ބޭފުޅުންނަށް އިތުރު ތަމްރީނާއި މައުލޫމާތު ފޮރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި ޕަބްލިކް ވާރކްސްގެ މަސައްކަތް ހިނގަމުންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއެކުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕަބްލިކް ވާރކްސް ޔުނިޓްތަކުގައި ހުންނަ ވަސީލަތްތައް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތުގައި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތުގެ މައްޗަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން