މާލޭސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މިސްކިތްތަކުގެ ފާޚާނާތައް ފަސްތަރީގެ ފާޚާނާތަކަށް ބަދަލު ކުރުމަކީ އަމާޒެއް ކަމަށް މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިސްކިތްތަކާއި ވެށީގެ ސާފްތާހިރުކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުމުގައި ވާހަަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލޭ ސަރަޙައްދުގެ މިސްކިތްތަކުގެ ފާޚާނާތައް ފަސްތަރީގެ ފާޚާނާތަކަށް ބަދަލުކުރުމަކީ އަމާޒެއް ކަމަށާއި، މިސްކިތްތައް ސާފުތާހިރުކަންމަތީ ބެލެހެއްޓުމަކީ ރައްޔިތުންގެ ޒިންމާއެއް ކަަމަށެވެ.

އާޒިމް ވިދާޅުވީ، މީހެއްގެ ގެއަކަށް ވަދެފައި، ފާޚާނާއަށް ވަދެވުމުން ފާޚާނާ ރީތިވެއްޖެނަމަ ވަރަށްވެސް އުފާވާނެ ކަމަށާއި އެހެންކަމުން މިސްކިތްތަކުގެ ފާޚާނާތައްވެސް ރީތިވުމުން އެކަމުގެ ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.

“އެކަމުގެ މަސައްކަތް ފަށައިގެން މި ދަނީ. އިރާދަކުރެއްވިއްޔާ މާލެ، ވިލިމާލެ، ހުޅުމާލޭގައި ހުންނާނީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ފަސް ތަރީގެ ރީތި ފާޚާނާ.” އާޒިމް ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި އާޒިމް އިތުރަށް ވިދާޅުވީ މިސްކިތެއްގެ ފާޚާނާ އަށް ވަނުމަށްފަހު ނަޖިހާއެކު މިސްކިތައް ވަދެވުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

އަދި މާލޭ ސަރަޙައްދުގެ މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ދިވެހިންކަން އާޒިމް ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން