މި ސަރުކާރުން ބިން ހިއްކައިގެން ތަރައްގީކުރަން ނިންމާފައިވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ފާޑުވިދާޅުވެއްޖެއެވެ.

އެމައްސަލައިގާ މާރިޔާ ފާޑުވިދާޅުވީ، ރަސްމާލެ ހިއްކުން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އަށް ހަވާލުކުރި ގޮތަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން ބާތިލުކުރަން ނިންމުމުން އެ ކަމުގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އޮޅުންފިލުވައިދޭން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވުމާއި ގުޅިގެނެވެ.

މާރިޔާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއީ ސަރުކާރުން ރާވައިގެން ކުރާކަމެއްގެ ގޮތުގައި ސިފަ ކުރައްވާ، މިއީ އެއްދޮނުގައި ދެ ބުޅި ޖެހުންފަދަ ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދި "އެއްދޮނުގައި ދެ ބުޅި ޖެހުމަށް" އެ ތަނުގައި އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް ބުނެ ކޯޓުން އަމުރެއް ނެރެ މައްސަލަ ދިގުދަންމައި ހަތަރު އަހަރަށް ޕްރޮޖެކްޓް ލަސްކޮށްލާނެ ކަމަށާއި އެއަށްފަހު ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ހޯދައި އެ ފައިސާއިން ކުރިއަށްއޮތް އިންތިހާބުތަކަށް ހަރަދު ކުރާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދާތީ ކުންފުންޏަށް އިތުރު ފުރުސަތެއް ނުދީ އެއްބަސްވުން ބާތިލުކުރިކަން ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރީ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން