ފުވައްމުލަކު ސިޓީ، ދިގުވާޑު އަވަށު "ގެރަދޫގެ" ބަދިގޭގައި ހުރި ހުޑެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ "ގެރަދޫގެ" ބަދިގޭގައި ހުރި ހުޑެއްގައި ރޯވި އަލިފާން ނިއްވާލާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ކަމަށެވެ.

އެ ގޭގެ ބަދިގޭގައި އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފައި ބަދިގޭގައި ހުރި ހުޑުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 06:40 ހާއިރު އެވެ.

ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 6:48 ހާއިރެވެ.



އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ހަސަނު

15-Jun-2024

ހާދަހާ އަވަހޭ ރެސްޕޮންޑް ކޮށް އަލިފާން ނިވާލިލެއް އެންމެ 8 މިނެޓް ތެރޭ...ފަޔަރ ފައިޓަރުންނަށް ސެލިއުޓް



ފަހުގެ ލިޔުންތައް

ޓްރެންޑިން