ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާފައިވަނީ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެންބަރުން ހިމެނޭ ގޮތަށެވެ.

މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުން ކުރި މަޝްވަރާއަށްފަހު ޕާޓީތަކުން ހުށަހެޅި މެންބަރުން ހިމަނައިގެން ކޮމިޓީތައް އެކުލަވާލާފައިވަނީ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި 13 މެންބަރުން އަދި އެހެން ދާއިމީ ކޮމިޓީތަކުގައި 11 މެންބަރުން ހިމަނަން މަޖިލީހުން ފާސްކޮށްފައިވަނީ މި ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.

އޭގެ އިތުރުން މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ހަމަޖެއްސުމަށް ބޭނުންވާ މެންބަރުންގެ ނަންތައް އިއްޔެގެ ނިޔަލަށް މަޖިލީހުގެ ސެކެއްޓްރޭޓަށް ފޮނުވުމަށް އެޖަލްސާގައި ފާސްކޮށްފައިވެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅާފައިވާއިރު މީގެކުރިން ޕީއެންސީން ނިންމާފައިވަނީ 241 ކޮމިޓީގެ މުޤައްރިރުކަން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް ދިނުމަށެވެ.

އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރަކަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް އިންތިޚާބު ކުރުމަށްވެސް ޕީއެންސީން މީގެ ކުރިން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން