ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މުޤައްރިރުން ކަނޑައަޅައިފިއެވެ.

އެގޮތުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ހަމަޖައްސައިފިއެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރު މަގާމަށް ހަމަޖައްސާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

241 ކޮމިޓީގައި 13 މެންބަރުން ތިއްބަވާއިރު ސަލީމާއި ފަލާހު އެ ދެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިންތިޚާބު ކޮށްފައިވާއިރު އެ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ އިންތިޚާބު ކޮށްފައެވެ.

އޭގެ އިތުރުން ލާމަރުކަޒީ ކޮމިޓިގެ މުގައްރިރު ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އަދި ނައިބު މުޤައްރިރަކަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ވަނީ އިންތިޚާބުކޮށްފައެވެ.

ހަމައެއާއެކު ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް ހަމަޖައްސާފައިވާއިރު ނައިބު މުގައްރިރަކަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވަނީ އައްޔަނުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި 13 މެންބަރުން އަދި އެހެން ދާއިމީ ކޮމިޓީތަކުގައި 11 މެންބަރުން ހިމަނަން މަޖިލީހުން ފާސްކޮށްފައިވަނީ މި ދައުރުގެ ފުރަތަމަ ޖަލްސާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން