ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް ފިޔަވައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅައިފި އެވެ.
އެކަން ކަނޑައެޅީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ވަނީ ރިޔާސަތު ބަލަހައްޓަވާނެ ފަސް މެމްބަރަކު ކަނޑައަޅައިފަ އެވެ. އެއީ މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ މެމްބަރަންނަށް އިސްކަންދޭ ގޮތަށެވެ.
އެގޮތުން ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އެވެ. އޭނާއަކީ މަޖިލިސް މެމްބަރުކަން ކުރައްވާތާ އެންމެ ގިނަ ދުވަސްވީ މެމްބަރު ވެސް މެއެވެ. އެގޮތުން މެދުނުކުނޑި ސިޔާމް މަޖިލީހުގެ މެމްބަރުކަން ކުރައްވާތާ 19 އަހަރުވަނީ ވެފައެވެ.
ސިޔާމަށް ފަހު ދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް ކަނޑައަޅާފައިވަނީ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. ތިން ވަނަ އަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ހަތަރު ވަނަ އަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ. އެ ތިން ބޭފުޅުންވެސް މެދުނުކެނޑި މަޖިލިސް މެމްބަރުކަން ކުރަށްވާތާ 15 އަހަރު ވަނީ ވެފަ އެވެ.
ލިސްޓުގެ ފަސް ވަނައިގައި ހިމެނެނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު އެވެ. ތޯރިގު މަޖިލިސް މެމްބަރުކަން ކުރައްވަމުން ގެންދަވާތާ 10 އަހަރު ވަނީ ވެފަ އެވެ.
މި ހިނގާ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ސިޔާމެވެެ.

ކިޔުންތެރިންގެ ހިޔާލު