އައްޑޫ ސިޓީގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީންކުރުމަށް ފުލުހުން ޙަރަކާތްތެރިވަނީ
އައްޑޫ ސިޓީގެ އަމާންކަމާއި ރައްކާތެރިކަން ޔަޤީންކުރުމަށް ފުލުހުން ޙަރަކާތްތެރިވަނީ
އއ. ތޮއްޑޫގެ ކައުންސިލް އިދާރާ ކައިރީގައި ކުރި އިޙްތިޖާޖެއް ހޫނުވެ ފުލުހަކަށް އަނިޔާވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި އެ ރަށު އާންމުން މުޒާހަރާކުރަމުންދަނީ، ރަށުގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ކައުންސިލުން ނިންމާފައިިވާ ކަމަށް ބުނެއެވެ.

ތޮއްޑޫގައި ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުން ބުނީ މިއަދު މެންދުރު 1 ޖަހާކަން ހާއިރު، ތޮއްޑޫ ކައުންސިލް އޮފީހުގެ ކުރިމަތީގައި މުޒާހަރާކޮށް، އާންމު މަސްލަހަތު ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ސަރަހައްދުގައި އިޙްތިޖާޖު ކުރަމުންދާ މީހުންގެ ތެރެއިން ބަޔަކު ކައުންސިލް އޮފީހުގެ ފުރާޅު މައްޗަށް ގާ އުކައި، މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، އެކަން ނުކުރުމަށް ތަކުރާރުކޮށް އެ ސަރަހައްދުގައި ތިބި ފުލުހުން ނަސޭހަތްތެރިވަމުން ދިޔަ ކަމަށް، ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، އެ ފުލުހަށް މިހާރު ފަރުވާދެމުންދާ ކަމަށްވެސް، ފުލުހުން މައުލޫމާތު ދެއެވެ.

އިޙްތިޖާޖާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން