ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭނާ އަށް އަންގައިފި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ރިޝްވަތުގެ ހަތަރު ދައުވާއަކާއި މަނީލޯންޑްރިންގެ ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. ވިލިމާލޭ ދާއިރާގެ މެމްބަރުކަން ކުރެއްވި އަޙުމަދު ނިހާން ހުސައިން މަނިކަަށް ޕީޖީ އޮފީހުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ މައްސަލަ އެ އޮފީހުން މުރާޖައާ ކުރުމަށްފަހު މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ސަބަބެއް ސިޓީގައި ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޕީޖީ އޮފީހުން މީޑިޔާއަށް ރަސްމީކޮށް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ނިހާންގެ މައްސަލަތައް އަނބުރާ ގެންނަން ޕީޖީ އޮފީހުން ނިންމިއިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފަކަށް އޭނާ މިހާރު ވަނީ އައްޔަންކުރައްވާފައެވެ. އެ މަގާމަށް ނިހާން އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ. ނިހާން މިހާރު ވަނީ އެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން