ރައީސް ޔާމީން ސަރުކާރުން ނެގި ހަތަރު ލޯނެއްގެ މައުލޫމާތު އޭރުގެ ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް ނުލިބޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒަށް ރައްދު ދެއްވައިފިއެވެ.
މިދިޔަ ޖޫން މަހު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސިޓީގައި ހިމެނޭ ކުރީގެ ސަރުކާރުން ނެގި ހަތަރު ލޯނެއްގެ މައުލޫމާތުތައް މަޖިލީހުގައި ކުރިން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެ ދެއްކެވި ވާހަކަތައް ނާޝިޒް ދޮގު ކުރެއްވުމާ ގުޅިގެން، އެ މައްސަލަ ދިރާސާކުރަން މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުން ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ލޯނުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށް ނާޝިޒް ވިދާޅުވުމުން އެ ކަމުގެ ހަގީގަތް އަމީންއާންމު ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
އަމީންއާންމު ނިއުޝާ ވިދާޅުވީ އެ ހަތަރު ލޯނަކީ 2016 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ދެމެދުގައި ނެގި ލޯނުތަކަށް ވާތީ އެ މުއްދަތުގެ ތެރޭގައި އެފަދަ ލިއެކިއުމެއް ލިބިފައިވޭތޯ ބެއްލެވި ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ލިޔެކިއުމެއް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ.
މި ކަމާ ގުޅިގެން އެމްޑީޕީގެ ގިނަ މެމްބަރުން ނާޝިޒަށް ފާޑު ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ވަނީ މަޖިލީހުގެ އަމީންއާންމާއި އިދާރީ މުވައްޒަފުން މަސައްކަތް ކުރައްވަނީ އިހުލާސްތެރި ކަމާ އެކީގައި ކަމަށާއި، އެ ބޭފުޅުންގެ މަސައްކަތަށް ފާޑުވިދާޅުވާ އުސޫލުން ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.
ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވީ ބްރިޖްގެ ޕްރޮޖެކްޓަށް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނާއި، ސަނީ ސައިޑް ބޮންޑަށް، ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތުގެ މަޖިލީހަށް ލިބިފައިނުވާ ކަމަށެވެ. އަދި ޕްރޮޖެކްޓް އިސްރަގާއަށް އަބޫދާބީ ބޭންކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަށް ސިލޯން ބޭންކުން ނެގި 16.1 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު ވެސް މަޖިލީހަށް ލިބިފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު