ރ. އުނގޫފާރުގައި މަގުބައްތި ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހުނު ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.

ޢުމުރުން 18 އަހަރުގެ ހުސެއިން އަތީކް ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

އަތީކްގެ ހާލު ސީރިއަސް ވެގެން އިތުރުފަރުވާއަށް މާލެ ގެނައީ މެއި 25 ވަނަ ދުވަހުއެވެ.

މެއި 23، ގައި ހިނގި މި ހާދިސާގައި އުނގޫފާރު މަގުމަތީގައި ޖަހާފައިހުރި ހޮޅިދަނޑިއެއް ކައިރީ ހެދިފައި އޮތް ފެންގަނޑަށް ކަރަންޓު ލީކުވެ އިތުރު ދެ ކުއްޖަކުވެސް ކަރަންޓުގައި ޖެހުނެވެ.

އެ ދެ ކުދިންނަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ. އެ ޙާދިސާގައި ބޮޑަށް އަނިޔާވީ އެކުދިން ސަލާމަތް ކުރުމަށް މަސައްކަތްކުރި އަތީކަށެވެ.

ކަރަންޓުގައި ޖެހުނު ހާދިސާގައި އަތީކުގެ މޭ ކަށިގަނޑު ބިންދައިގެން ދިޔުމުގެ އިތުރުން، ކިޑްނީ ވެސް ފެއިލްވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން