އެންޓި-ސްކޭމް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ދިވެހިން މިހާރު އެންމެ ކަންބޮޑުވަނީ ސްކޭމްގެ ކުށްތަކާ ގުޅިގެން ކަމަށެވެ.

އެހެންކަމުން ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިން އެންޓި ސްކޭމް ސެންޓަރެއް ވަރަށް އަވަހަށް އެސްޓަބްލިޝް ކުރެވިގެންދާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"އެންޓި ސްކޭމް ސެންޓަރަކީ އަޅުގަނޑުމެން ހަމައެކަނި އިންވެންޓުކުރާ އެއްޗެއް ނޫން. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު މަސައްކަތް ކުރާ ކޮންސެޕްޓެއް މިއީ."ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ އެ ސެންޓަރު ގާއިމުކުރެވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައި ވެސް ފުރަތަމަ ޖަވާބުދާރީވާނީ އެ ސެންޓަރުން ކަމަށެވެ. އެގޮތުން ބޭންކުތަކާ ގުޅިގެން ވިކްޓިމައިޒްވާ މީހާއަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

ޝިފާން ވިދާޅުވީ ރާއްޖޭގައި ސްކޭމްގެ މައްސަލަތައް އިތުރުވެފައި ވާ ކަމަށާއި، ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށި ފަހުން މިހާތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށް ވުރެ އިތުރު ކަމަށެވެ.

އެގޮތުން 2021 އިން ފެށިގެން ސްކޭމް މައްސަލަތަކުގެ ރިކޯޑު ބަލަހައްޓަން ފެށި ފަހުން މިހާތަނަށް އެފަދަ 28،003 މައްސަލައެއް، ހުށަހަޅާފައިވާ ކަމަށް ޝިފާން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސްކޭމް މައްސަލަތަކުގައި ޖުމްލަ 57,848,515 ރުފިޔާއާއި 649,439 ޑޮލަރު ސްކޭމްކޮށްގެން މީހުންގެ އަތުން އަތުލާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން