ޝަރީޢަތުގެ މަޖިލީހުގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ވެސް ގައުން ލާންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު އާންމުކުރި ފަނޑިޔާރުން ހެދުން އެޅުމުގެ އުސޫލުގައި ބުނެފައިވަނީ ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި ލާންވާނީ ގައުން ކަމަށެވެ.
އަދި އަންނަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީއަތް ކުރާއިރު ތިބެންވާނީ ގައުން ލައިގެން ކަމަށް އެ ގަވާއިދުގައިވެ އެވެ.
ގަވާއިދުގައި ބުނެފައިވަނީ އެ ގައުނަކީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައްޔާރުކުރާ ނަމޫނާއާ އެއްގޮތަށް ތައްޔާރު ކޮށްފައިވާ ގައުނަކަށް ވާންޖެހޭނެ ކަމަށެވެ.
މި ގަވާއިދަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ޑީޖޭއޭއިން ގައުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ކޮންމެ ދެ އަހަރުން އެއް އަހަރު ޑީޖޭއޭއިން ފަނޑިޔާރުންނަށް އައު ގައުން ދޭންޖެހޭނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު