ހުޅުމާލޭ ޗެނަލް ނުވަތަ ކޯރު ސަރަހައްދު މި މަހުގެ 15 ވަނަ ދުވަހު ބަންދުވާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އާންމު ބައެއް ފަރާތްތަކުން މޫދަށް އެރި ޖެޓް ސްކީ ދުއްވާ ހަދާ އެ ސަރަހައްދު ބަންދު ކުރާކަން ހާމަކޮށް އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޯރު ސަރަހައްދު ބަންދު ކުރަނީ އެޗްޑީސީގެ ބޭނުމަކަށް 15 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

އެހެންކަމުން އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދު ބަންދުކުރަން ނިންމާފައިވާތީ އެ ސަރަހައްދުގައި ޖެޓް ސްކީ ކުރުމާއި މޫދަށްއެރި އުޅުން އަދި ޑިންގީ ހުރަސްކުރުން ނުވަތަ އެ ތަނަށް ވަނުން އެޗްޑީސީން ވަނީ މަނާ ކޮށްފައެވެ.

އެ ތަނުގައި އެޗްޑީސީން ކުރަން ނިންމާފައިވާ މަސައްކަތެއްގެ ތަފުސީލެއް އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އެ ކޯޕަރޭޝަނުން ވަނީ އެ ތަން ބަންދުކުރަން ޖެހުމުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް ވެސް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން