މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަޙުޤީޤަށް މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް ހޯދަމުންދަނީ ކ. މާލެ / ގ. ބްލޫރިވަރ ޢުމުރުން 38 އަހަރުގެ އާދަމް ރަޝީދެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، އާދަމް ރަޝީދު ހޯދަމުން ދަނީ، ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން އޭނާއަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އާދަމް ރަޝީދު ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ޖޫން މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު 11:00 އަށް ހާޒިރުވުމަށް އަންގާފައެވެ.

ފުލުހުން މީނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން