ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) ގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނާއެކު ދިވެހިން، ޓެލެތޯނަށް 2 ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މިކަމަށްޓަކައި އާރް.ޑީ.ސީ ގެ މުވައްޒަފުން ވަނީ އެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ މި ޓެލެތޯންގެ ފަންޑަށް ހަދިޔާ ކޮށްފައެވެ. އެއީ 210،594.95 ރުފިޔާއެވެ. އެ ފައިސާ ހަވާލުކޮށްދީފައިވަނީ އެ ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓުންނެވެ. އާރް ޑީ ސީން ބުނެފައިވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށެވެ.

މި ޓެލެތޯނުން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް، ޔޫ.އެން.އާރް.ޑަބްލިއު.އޭ އަށެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން