ރާއްޖެއިން ހައްޖަށް ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިޔާވީ ރ. ހުޅުދުއްފާރު/ ހަފީޒީ ހިޔާ، ފާތިމަތު ހަފީޒާ ކަމަށެވެ.

އޭނާ ނިޔާވީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ނިޔާވި އިރު އޭނާގެ އުމުރުން 80 އަހަރު ކަމަށާއި ހަފީޒާގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދުލް ހަރަމްގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިއީ މިފަހަރުގެ ހައްޖުގެ އަޅުކަމުގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާ އެވެ.

މި ފަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެކަކަށް ހާޓް އެޓޭކެއް ޖެހިގެންވެސް ދަނީ ފަރުވާ ދެމުން ނެވެ.

މި ފަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން 1150 މީހުން ހައްޖަށްދިޔައެވެ. މިއީ 2015 އިގެ ފަހުން ރާއްޖެއިން އެންމެ ގިނަ މީހުން ހައްޖަށް ދިޔަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން