މި ހަފްތާ ބަންދުގައި މާލޭގެ އެކި ސަރަހައްދުތަކުން 163 ވެހިކަލް ޓޯކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ އާއި ބުރާސްފަތި ދުވަހު 4 ފުރޮޅުލީ 163 ވެހިކަލް ޓޯކޮށްފައިވާ ކަމަށެވެ.
ޓޯކުރި އުޅަނދުތަކުގެ ތެރެއިން 84 ވެހިކަލަކީ ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާ ކޮށި ކައިރިން ފަތާ ޓްރެކާ ހަމައަށް ޕާކުކޮށްފައި ހުރި އެއްޗިއްސެވެ. އަދި އެހެނިހެން މަގުތަކުން 79 އުޅަނދެއް ޓޯކޮށްފައިވެ އެވެ.
ފުލުހުން ބުނީ، އިއްޒުއްދީން މަގުން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީނުކުރާ އުޅަނދުތައް ވެސް ހިމެނޭ ކަަަމަށެވެ.
ގަވައިދާ ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުރުމާއި ގުޅިގެން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެދަށަށް އުޅަނޑުތައް ގެންދިއުމަކީ ފުލުހުން ޢާއްމުކޮށް ކުރާ މަސައްކަތެކެވެ.
އެގޮތުން މާލޭގައި ޕާކިން މައްސަލަ ހައްލު ކުރަން މިދިޔަ އަހަރުން ފެށިގެން ފުުލުހުން ގެންދަނީ މަގުމައްޗަށް ދޫކޮށްލާފައި ހުންނަ އުޅަނދުތައް ޓޯކުރަމުންނެވެ.
ޓޯކޮށްފައިވާ އުޅަނދުތަކާމެދު ފުލުހުން ޢާއްމުކޮށް ޢަމަލުކުރާ އުސޫލަކީ ވެހިކަލްގެ ވެރިފަރާތުން 60 ދުވަހުގެ ތެރޭގައި އަނބުރާ ނުގެންދާ ވެހިކަލްތައް އެއްގައުމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުގެމަތިން ނައްތާލުމެވެ.

ކިޔުންތެރިންގެ ހިޔާލު