ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބާ މުދާ ވިއްކާލުމަށް އިއުލާނު ކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބާ މުދާ ނީލަމުގައި ވިއްކާލުމަށްޓަކައި މިހާރުވާނީ އެތަކެތީގެ ލިސްޓް އާންމު ކޮށްފައިކަމަށެވެ. އަދި އެތަކެތި ގަންނަން ބޭނުންވާ ފަރާތްތަކަށް ތަކެތި ދެއްކުމަށާއި އިތުރު މައުލޫމާތު ދިނުން 27 ޖޫން 2024 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކުރިއަށް ދާނެކަމަށް ވަނީ ބުނެފައެވެ.

ނީލަން ކިޔަން ނިންމާފައިވަނީ އެ ކޯޕަރޭޝަނުގައި ކުރިން ބޭނުންކޮށް ހަލާކުވެފައިވާ އޮފީސް ފަރުނީޗަރު، އިކިއުޕްމަންޓް، ބާ ދަގަނޑުފަދަ ތަކެތި، ސައިކަލު އަދި ޓަޔަރު ފަދަ ތަކެއްޗެވެ.

ނީލަން ކިޔާ ތަކެތީގެ ލިސްޓާއިއެކު ލޮޓްތަކުގެ ތަފުސީލުތައް ވެސް ހިމަނާފައިވެއެވެ. އަދި ކޮންމެ ލޮޓަކަށް ވެސް ވަކިން ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން