ގެވެށި އަނިޔާގެ މައްސަލައެއްގައި ފުވައްމުލަކުން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުގައި ހިނގާދިޔަ ގެވެށި އަނިޔާކުރުމުގެ މައްސަލައެއް ފުލުހުންނަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެމައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން ދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ގެވެށި އަނިޔާގެ މި މައްސަލައިގެ ފޮޓޯތައް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާ ލިބުނު އަންހެން މީހާގެ މޫނަށް ވަނީ އަނިޔާގެ ސަބަބުން ގެއްލުންތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން