ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު ދިވެހި އަންހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން މިރޭ ބުނީ، ދަނބިދޫ އިރުމަތީ ފަރާތު ކޯޒްވޭ ސަރަހައްދު މޫދުގައި މީހަކު އޮޔާދާތަން ފެނިގެން ބަޔަކު މީހުންވެގެން އެމީހާ ނަގައި އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަމުގެ ރިޕޯޓު 16:55 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
ނިޔާވެފައިވަނީ އެރަަށު ނިޔަދުރުމާގޭ އުމުރުން 65 އަހަރުގެ އާމިނަތު އުމަރެވެ.
މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު