ހުޅުމާލެއިން ބީލަމުގެ އުސޫލުން ބިން ވިއްކުމާ ގުޅޭ އިއުލާނަށް އިސްލާހު ގެނެސްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިއިސްލާހުގެ ތެރޭގައި މައުލޫމާތު ކަރުދާހުގެ 3.5 ވަނަ މާއްދާއަށް އިތުރު މާއްދާއެއް އިތުރުކުރެވިފައިވާ ކަމަށެވެ.

މި އިސްލާހުގައި ވަނީ ބީލަން ހުށައެޅުމަށް ހުޅުވާލާފައިވާ މުއްދަތުގެ ތެރޭގައި ބީލަން ކާމިޔާބުކުރުމަށް ހުރިހާ ބައިވެރިންނަށްވެސް އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށައެޅޭނެ ކަމަށެވެ. އަދި ހުށައަޅާ ކޮންމެ ބީލަމުގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅާފައިވާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15ރ ބޮޑު އަދަދެއް ކަމުގައި ވާން ޖެހޭނެކަމަށެވެ.

އަދި ބީލަމުގެ އަދަދު ޖެހުމަށް ހާއްސަކުރެވިފައިވާ ގޮޅި ބޭނުންކޮށްގެން އެ ވަގުތެއްގައި އެންމެ މަތިން ހުށައަޅާފައިވާ އަގަށް، 15ރ އަށްވުރެ މަތިން އެފަރާތަކުން އިހްތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުކޮށްގެން ބީލަން ހުށައެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ފޭސް ދޭކުން ބީލަން އުސޫލުން ވިއްކަން ހަމަޖެހިފައިވާ ހުރިހާ ބިންތަކަކީވެސް ގޮނޑުދޮށް ސަރަހައްދުގައި ހުރި ބިންތައްކަން ފާހަގަ ކުރެވެއެވެ. އެ ސަރަހައްދުން 11 ބިމެއް ވިއްކުމަށް ވަނީ ހަމަޖެހިފަހައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން