ކެމްބޯޑިއާގެ އާ ސަފީރު ރައީސް އަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް
ކެމްބޯޑިއާގެ އާ ސަފީރު ރައީސް އަށް ފަތްކޮޅު އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް
އަށް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް މިއަދު އަރުވައިފިއެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވީ ކެމްބޯޑިއާ، ލާއޯ، ޕެރޫ، ފިންލޭންޑް، އޮމާން، ސްލޮވާކް ރިޕަބްލިކް، ޗިލޭ އަދި އަޔަލެންޑްގެ ސަފީރުންނެވެ.

އެގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތުތަކެއްގައި، އަޔަލެންޑްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކެވިން ކެލީ، ޗިލޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހުއަން އެންގުލޯ، ސްލޮވާކް ރިޕަބްލިކް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރޮބަޓް މެކްސިއަން، އޮމާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަޙްމަދު ޢަލީ ސާޢިދު އަލް ރަޝްދީ، ފިންލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކިއްމޯ ލަހްޑެވީރްތަ، ޕެރޫ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހާވިއެރ މެނުއެލް ޕައުލިނިކް ވެލަރޑެ، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ބުންމީ ވަންމަނީ އަދި ކެމްބޯޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ކޮއީ ކުންގްވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ވަނީ އަރުވައިފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ކޮންމެ ސަފީރަކުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ.

އަޔަލެންޑް، ޗިލޭ، ފިންލޭންޑް، ޕެރޫ، ލާއޯ އަދި ސްލޮވާކް ރިޕަބްލިކް ސަފީރުންނަކީ ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނެވެ. އެ ސަފީރުން ތިއްބަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.

‎އޮމާން ސަފީރަކީވެސް ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ނަމަވެސް އޮމާން ސަފީރު ހުންނަވާނީ ސްރީލަންކާގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން