ރައީސް ޞާލިޙްގެ މި ދައުރުގައި ބާކީއޮތް ތިން އަހަރުގެ ތެރޭގައި ބުރިޖާއި، ޕޯޓުވެސް އަޅާ ނިމޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިރޭ ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ގިނަވެގެން ދެއަހަރު ބައި ނުވަތަ ތިންއަހަރު ދުވަސްތެރޭ ރައްޔިތުންނަށް ޕޯޓާއި ބުރިޖުގެ ހިދުމަތް ދެވޭނެ ކަމަށެވެ.
"މިއަހަރުގެ ފަހުކޮޅުގައި ޕޯޓުގެ ކޮންޓްރެކްޓު އެވޯޑުކޮށް ނިމޭނެ. މިހާރުވެސް އޭގެ މަސައްކަތް ކުރިޔަށް އެބަދޭ އެގްޒިމް ބޭންކާ އެއްކޮށް. އަދި މިއަންނަ އަހަރުގެ ކުރީކޮޅުގައި، ޖެނުއަރީ ފެބްރުއަރީ ހިސާބުގައި އަޅުގަނޑު އުންމީދު ކުރަނީ ބުރިޖުގެ މަސައްކަތް ފެށިގެންދާނެ ކަމަށް." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ޗައިނާ އިން ވެސް ލޯނު ނަގާނެ ކަމަށާއި ރާއްޖެއަށް އަންނަ އިންވެސްޓްމަންޓް ތަކަށްވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ތަރައްޤީގެ ޕްރޮޖެކްޓްތައް ހިންގުމުގައި އެ މަޝްރޫޢަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި މަސައްކަތެއްނަމަ އެކަމަކަށް މި ސަރުކާރުން މަރުޙަބާ ކިޔާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދަރަނި ބޭނުން ކުރަނީ ދަރަނިން އިސްރާފު ނުކޮށް، އެންމެ އެކަށީގެންވާ މަސައްކަތަށް ކަމަށްވާނަމަ އޭގައި މައްސަލައެއް ނެތް ކަމަށެވެ. މި ސަރުކާރުން ދަރަނި މިހާތަނަށް ނަގާފައިވާނީ ހުރިހާ ހިސާބުތަކެއް ބަލައި، ހަދަންޖެހޭ ހުރިހާ ދިރާސާތަކާއެކު ދަރަނި ދެއްކޭނެ އިންތިޒާމުތަކާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިއުލާން ކޮށްފައިވާ މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބުރިޖުގެ މަސައްކަތުގެ އަޕްޑޭޓް މިނިސްޓަރ ފައްޔާޒު ދެެއްވައިފައި މިވަނީ މި ޕުރޮޖެކްޓް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާގެ ޕެކޭޖެއް ދޭން އިންޑިއާގެ ސަރުކާރުން ނިންމައިފައި ވަނިކޮށެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ.
މީގެ އިތުރުން ކޯވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ގެއްލުން ތަކުން އަރައިގަތުމަށްޓަކައި ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބާވަތްތަކުގެ ކޯޓާ އާކޮށްދިނުމުގެ އިތުރުން އިންޑިއާގެ ކްރެޑިޓް ލައިންގެ ތެރެއިން 7 މަޝްރޫއެއް ހިންގުމަށް ނިންމާފައިވާކަން އިންޑިއާ އިން މިއަދު ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު