ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު (ކ) އާއި، ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު (ވ)
ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު (ކ) އާއި، ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު (ވ)
ރައީސް ޔާމީންގެ ސަރުކާރުގެ ނައިބުރައީސް، އަދި ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދާއި، ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރު ގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް އޭސީސީން ހާމަކޮށްފިއެވެ.

އޭސީސީން މިރޭ ނެރެފައިވާ ބަޔާނެއްގައި ވަނީ، ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް "ޕުޓް-ރައިޓް އޮޕްޝަން" ހިމަނާފައިވާކަމަށް ބުނެ ކޮމިޝަނަށް ހުށަހެޅި މައްސަލައިގެ ތަޙްޤީޤު ނިންމައި، އެމައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި 13 އޮގަސްޓު 2020 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާ ކަމަށެވެ.

އެގޮތުން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު)ގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 512 (ހ) ގެ ދަށުން ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ 07 ރަށްކަމަށްވާ ބ.ތިލަދޫ، ށ.ހުރަސްފަރު، ށ.ނާއިންފަރު، ރ.ފަސްމެންދޫ، ކ.އެނބޫދޫ ފިނޮޅު، ކ.ކޮއްދިއްޕަރުފަޅު (ދިއްދޫފިނޮޅު) އަދި ކ.ކޮއްދިއްޕަރުފަޅު (އަމީންގިރި) ގެ ތެރެއިން ބ.ތިލަދޫ ފިޔަވައި އެހެން ރަށްތަކަކީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދޫކުރެވިފައިވާ ރަށްތަކެއްކަމާއި، އެ 07 ރަށުގެ ތެރެއިން ބ.ތިލަދޫ ކުއްޔަށް ދޫކޮށްފައިވަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 08 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނު (ޤާނޫނު ނަންބަރު13/2016 ) (10 ޖުލައި 2016) އައުމުގެ ފަހުން ކަމަށް އޭސީސީން ބުނެފައިވެއެވެ.

އަދި އެ އެގްރިމެންޓްތަކުގައ ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަބްދުﷲ ޖިހާދު ކަމަށްވާތީ، ޢަބްދުﷲ ޖިހާދު (ދަފްތަރު ނަންބަރު 1015) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެެ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އަދި ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް (04 އޮކްޓޫބަރު 2016) ގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ސޮއިކުރެވުނު ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހިއްސާ އެހެން ފަރާތަކަށް ބަދަލުކުރެވޭގޮތަށް ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަހްމަދު މުނައްވަރު ސޮއިކޮށްފައިވާތީ ކުރީގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު (ދަފްތަރު ނަންބަރު ރސ13099) މައްޗަށް ދައުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ.

އަދި، ބ.ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 26 އޮކްޓޫބަރު 2016ގައި ވެފައިވާ ލީސްއެގްރީމެންޓާއި، ށ.ހުރަސްފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 06 ސެޕްޓެންބަރު 2016ގައި ވެފައިވާ ލީސް އެގްރީމެންޓާއި، ށ.ނާއިންފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އަމިއްލަ ކުންފުންޏަކާ ދެމެދު 06 ސެޕްޓެންބަރު 2016ގައި ވެފައިވާ ލީސް އެގްރީމެންޓުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ޟިރާރު ސޮއިކޮށްފައިވާތީ، ޙުސައިން ޟިރާރު (ފިނިފެންމާގެ/ ގދ.ހޯޑެއްދޫ) ގެ މައްޗަށް ދައުވާކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން