ހއ.ހޯރަފުށީ އެއަރޕޯޓުގެ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީން ބުނީ މި މަޝްރޫޢުގެދަށުން މިހާރު ކުރިއަށްދަނީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން ތާރުއެޅުމަށް ބޭނުންވާ ބޭސް ލޭޔަރތަކުގެ މަސައްކަތް ކުރިއަށްގެންގޮސް، މިހާރުވަނީ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ކޮމްޕެޖްޓަރަރ، ޑަބަލް ޑްރަމް އަދި އެހެނިހެން ސާމާނު އެރަށަށް ގެންގޮސްފައެވެ.
އެމްޓީސީސީން ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން ތަކެތި ގެންދިއުމުގައި ދަތިތައް ހުރިނަމަވެސް، މި މަސައްކަތް ހުއްޓާނުލައި ހަލުވި ދުވެލީގައި ކުރިއަށްދާކަމަށެވެ. ތާރުއެޅުމުގެ މަސައްކަތާއެކު މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮކްޓޫބަރު މަހަށް ނިމުމަށް މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.
އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ހޯރަފުށި އެއަރޕޯޓްގައި ހަދަނީ 1200މީޓަރު ދިރު، 35މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 8636 އަކަމީޓަރުގެ އޭޕްރަންއަކާއި، ޓެކްސީވޭއާއި، ސަރވިސް މަގުތަކާއި، 9473 އަކަމީޓަރުގެ ޕާކިންގ އޭރިއާއަކާއި، 1718އަކަމީޓަރުގެ ފަޔަރ އެކްސެސް މަގެއް ހަދާނެއެވެ.
މިއީ ރާއްޖޭގެ އެންމެ އުރުތުގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއަރޕޯޓެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހޯރަފުށީ ފަޅުން ވަނީ 84،2200 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިމުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުއެވެ.
ހޯރަފުށީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތުގެ 80 އިންސައްތަ އަށްވުރެ ބޮޑު ބައެއް ނިމިފައިވާއިރު މި މަޝްރޫޢަކީ ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދިއުމަށް 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައި އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު