ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، ޓޮމް އިސްތިއުފާ ދެއްވައިފި އެވެ.
ތޯރިގު އެ މަގާމުން އިސްތިއުފާ ދެއްވިކަން ޕީއެންސީގެ އެހެން މަަޖިލިސް މެމްބަރުންތަކެއް ވަނީ ރަސްއަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަމަވެސް ތޯރިގު އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ސާފެއް ނުވެއެވެ. އަދި އޭނާގެ ފޯނަށް ގުޅުމުން ޖަވާބެއް ވެސް ނުދެއްވަ އެވެ.
މަޖިލިސް މެމްބަރަކު ކުރިން "ރަސް"އަށް ވިދާޅުވީ ތޯރިގު އިސްތިއުފާ ދެއްވާނެ ކަމަށް ކުރިން ވެސް އޮތީ ވިދާޅުވެފައި ކަމަށާއި އަދި އޭނާއަށް ވަގުތު ދިނުމުގައި ދަތި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ޓޮމްއަކީ ވިޔަފާރީގެ ތެރޭގައި ވެސް އުޅުއްވާ ބޭފުޅަކަށްވާއިރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އޭނާ ވާދަކުރައްވާނެކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.
ނަމަވެސް ތޯރިގު އެކަން ސީދާ ކަށަވަރުކޮށެއް ނުދެއްވަ އެވެ.
މީގެ ކުރިން 2016 ވަނަ އަހަރު ވެސް ކުޑަ ދުވަސް ކޮޅަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ތޯރިގު ފުރުއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު