މި ސަރުކާރުގައި ސިޔާސީ މަގާމުތައް އިތުރު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ރައްދުދެއްވައިފިއެވެ.
މިރޭ ޕީއެންސީ ޖަގަހައިގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، މި ވެރިކަމުގައި ދައުލަތް ބަނގުރޫޓުވާން ދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށެވެ.
އަދި ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް ޕީއެންސީ ދާނީ ކުރިއަށްކަމަށް އޭނާ ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު އެންމެ ބޮޑަށް އަމާޒުވާ ފާޑުކިޔުމަކީ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި މީހުން ގިނަ ކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ، ދައުލަތް ވަރުގަދަ އަށް ހިނގާނަމަ ސިޔާސީ މަގާމުތައް އަދިވެސް އިތުރުކުރަންޖެހޭ ކަމަށެވެ.
އަދި ސިޔާސީ މަގާމުތައް ދޭ މީހުންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން ކަމަށާއި އެ ބޭފުޅުންގެ ވެސް އާއިލާއެއް ވެސް އޮންނަކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މީހުން ވެސް ދިރިއުޅުމަށްޓަކައި މަގާމުތައް ބޭނުންވާނެ ކަމަށާއި ފައިސާ ވެސް ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ނިމޭއިރު ވަޒީފާ ބޭނުންވެ ވަޒީފާ ނުލިބޭ މީހަކު ނުހުންނާނެ" ސަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ ނިކަމެތި މީހާ ވެސް ރަނގަޅަށް ދިރިއުޅެން ބޭނުންވާނެ ކަމަށާއި ސަރުކާރުގެ މަގުސަދަކީ ކުންފުނިތަކުގައި ވަޒީފާތައް އުފައްދައިގެން ނަމަވެސް އަދި ޕްރައިވެޓް ސެކްޓަރގައި ވަޒީފާ އިތުރު ކޮށްގެން ވެސް މި ފަސް އަހަރު ނިމޭއިރު ވަޒީފާ ބޭނުންވާ ހުރިހާ އެންމެންނަށް ވަޒީފާ ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.
ސަލީމް މިފަދައިން ވިދާޅުވެފައިވާއިރު، ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމަށްޓަކައި ކޮންމެހެން ނަގަންޖެހޭ ސިޔާސީ މަގާމަކަށް ނޫނީ މީހުން ނުނެގުމަށް ނިންމާފައެވެ. އަދި ސިޔާސީ މަގާމުތައް މަދުކުރަން ޖެހިދާނެކަމުގެ އިޝާރާތެއް ވެސް ރައީސް މިފަހުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު