މި ފަސް އަހަރު ނިމޭއިރު ވަޒީފާ ބޭނުންވާ އެންމެން ތިބޭނީ ވަޒީފާގައި ކަމަށް ޕީއެންސީއަށް ނިސްބަވްތާ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ރެޑްވޭވް ސަލީމް ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ސަލީމް ވަނީ މި ސަރުކާރުން ސިޔާސީ އެކި މަގާމުތައް އިންތިހާއަށް ދެމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

ސަލީމް ވިދާޅުވީ ދޭ ކޮންމެ ސިޔާސީ މަގާމަކީ ވެސް ދިވެހި ރައްޔިތުންނަށް ދޭ މަގާމެއް ކަމަށެވެ. އަދި މަގާމުތައް ދޭ ކޮންމެ މީހެއްގެވެސް އާއިލާތައް އޮންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ހަމަ އެެންމެ ނިކަމެތި މީހާވެސް ރަނގަޅަށް ދިރިއުޅެން ބޭނުންވާނެކަން ސަލީމް ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން ސަރުކާރުގައި ވެސް އަދި ކުންފުނިތަކުގައި ވެސް އިތުރު ވަޒީފާތައް މި ސަރުކާރުން ގާއިމުކުރާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ތެރޭ ވަޒީފާ ބޭނުންވާ މީހަކަަށް ވަޒީފާ ނުލިބި ނުހުންނާނެ. ހުރިހާ މީހުން ތިބޭނީ ވަޒީފާގައި. އަދި އެ މީހުން ތިބޭނީ ވެސް އެކަށީގެންވާ މުސާރައިގައި. އެއްގޮތަކަށް ވެސް ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ." ސަލީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން