ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑރ. އަޖޭ ރަވީ ރާއްޖެ ވަޑައިގެން މެޑިކާ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

ކިމްސް ހެލްތު، ޓްރިވެންޑްރަމްގެ ލީޑިން ޕަލްމޮނޮލޮޖިސްޓް ޑރ. އަޖޭ ރަވީ އަކީ ނޭވާލާ ނިޒާމުގެ ބޭސްވެރިކަމުގެ ދާއިރާއިން ތައުލީމީ ގޮތުންނާއި ކްލިނިކަލް ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ.

ޑރ. އަޖޭ ރަވީ އަކީ ތައުލީމީ ގޮތުން ބަލާއިރު އެމްބީބީއެސް، އަދި ރެސްޕިރޭޓަރީ ޑިޒީޒް އިން ޑީއެންބީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިންޓަރވެންޝަނަލް ޕަލްމޮނޮލޮޖީ އެންޑް ތޮރަސިކް އޮންކޮލޮޖީ އިން ފެލޯޝިޕް އާއި ޔޫރަޕިއަން ޑިޕްލޮމާ އިން ރެސްޕިރޭޓަރީ މެޑިސިން ހާސިލް ކުރައްވާފައިވާ ފަރާތެކެވެ. މިހާރު ޑރ. އަޖޭ އަކީ ކިމްސް ހެލްތު ގެ ކޮންސަލްޓަންޓް އިންޓަރވެންޝަނަލް ޕަލްމޮނޮލޮޖިސްޓެއްގެ އިތުރުން ޓްރިވެންޑްރަމްގެ ރީޖަނަލް ކެންސަރ ސެންޓަރުގެ އޮނަރަރީ ކޮންސަލްޓަންޓް ޕަލްމޮނޮލޮޖިސްޓެއްގެ މަގާމު ވެސް އަދާކުރައްވާ ފަރާތެކެވެ.

ޑރ. އަޖޭ ރަވީ އަކީ އެޑްވާންސް ޑައިގްނޯސްޓިކް އަދި ތެރަޕީޓިކް ޕްރޮސީޖަރސް ދާއިރާއިން ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. މީގެ ތެރޭގައި؛



ޑރ. އަޖޭ ރަވީ އަކީ ކިމްސް ކެންސަރ ސެންޓަރުގައި ހުންނަ ފުއްޕާމޭގެ ކެންސަރު ކްލިނިކުން ބަލިމީހުން ބައްލަވާ އަދި ފަރުވާ ދެއްވުމުގައި ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެކެެވެ. އެގޮތުން ކެންސަރު ބަލީގެ އަލާމާތްތައް އަވަހަށް ފާހަގަ ކުރުމުން ފެށިގެން ޕެލިއޭޓިވް މެނޭޖްމަންޓާ ހަމައަށް ފުއްޕާމޭގެ ކެންސަރާއި ފުއްޕާމޭގެ ނޮޑިއުލްސް ޖެހިފައިވާ ބަލިމީހާ އަށް އެންމެ އެކަށޭނެ ފަރުވާ ފޯރުކޮށްދިނުމަށް ޑރ. އަޖޭ ސަމާލުކަން ބަހައްޓަވާ ކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.

ކިމްސް ހެލްތު، ޓްރިވެންޑްރަމްގެ ލީޑިން ޕަލްމޮނޮލޮޖިސްޓް ޑރ. އަޖޭ ރަވީ، މެޑިކާ ހޮސްޕިޓަލުގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައިވަނީ، އޮގަސްޓް މަހުގެ 8 އަދި 9 ވަނަ ދުވަހުއެވެ. އެގޮތުން ޑރ. އަޖޭއަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމަށާއި، އިތުރު މަޢުލޫމާތު ހޯއްދެވުމަށް މެޑިކާ ހޮސްޕިޓަލުގެ ކޯލް ސެންޓަރ (3002255)، ވައިބަރ (7280622، 7280626) ނުވަތަ ވަޓްސްއެޕް (9748013) މެދުވެރިކޮށް ގުޅާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން