ޞިއްޙީ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް، މެޑިކާ ހޮސްޕިޓަލުގެ ވެބްސައިޓް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
މެޑިކާ ހޮސްޕިޓަލުން ބުނީ އެހޮސްޕިޓަލުގެ ޚިދުމަތްތަކަށް އާ ވެބްސައިޓު މެދުވެރިކޮށް ފަސޭހައިން އެދެވޭނެކަމަށެވެ. އެގޮތުން މި ވެބްސައިޓް މެދުވެރިކޮށް، ދިގު ފޯނު ކޯލެއް ނުވަތަ އިން-ޕަރސަން ވިޒިޓެއް ނުކޮށް ބޭނުންވާ ޑޮކްޓަރަކަށް ފަސޭހައިން އެޕޮއިންޓްމަންޓް ޝެޑިއުލް ކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެކަމަށެވެ.
މި ވެބްސައިޓުގެ އަސާސީ އަމާޒަކީ އުނދަގުލެއް ނެތި އޮންލައިންކޮށް އެޕޮއިންޓްމެންޓް ހެދުމުގެ ފުރުސަތު ހޯދައިދީ މެޑިކާ ހޮސްޕިޓަލުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ތަޖުރިބާ އިތުރުކުރުންކަމަށް މެޑިކާ އިން ބުނެއެވެ. އެގޮތުން ބަލިމީހުންނަށް މިހާރު ފަސޭހައިން އިން-ޕަރސަން ވިޒިޓްތަކަށާއި، އޮންލައިން ކޮންސަލްޓޭޝަންތަކަށް، އެމީހަކަށް ކަމުދާ އެޕޮއިންޓްމަންޓް ގަޑި ހަމަޖެއްސުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
"މި އާ ވެބްސައިޓް ލޯންޗް ކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފަލެއް، މިއީ އަޅުގަނޑުމެންގެ ބަލިމީހުންނަށް ސިއްހީ ހިދުމަތް ލިބޭ ގޮތް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމެއް،" މެޑިކާ ހޮސްޕިޓަލުން ކެޕްޓަން އަޙްމަދު މައުމޫން (މެނޭޖިން ޑިރެކްޓަރު) ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ބުކިން ޕްރޮސެސް ވީހާވެސް އޮމާންކޮށް ފަސޭހަކޮށް ހެދުން، އަދި މި ޕްލެޓްފޯމަކީ އެކަން ހާސިލް ކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް. އެގޮތުން ބޭނުންވާ ޚިދުމަތުގެ ކޮންޓްރޯލާއި ޚިދުމަތް ބެލެހެއްޓުމުގައި ފްލެކްސިބިލިޓީ ދިނުން."
އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފީޗަރގެ އިތުރުން ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ސްޕެޝަލިސްޓުންނާއި ވަސީލަތްތަކާ ބެހޭ ފުރިހަމަ މައުލޫމާތު މި ވެބްސައިޓުން ލިބެން ހުންނާނެކަމަށްވެސް މެޑިކާ އިން ބުނެއެވެ. އަދި މި ވެބްސައިޓް އަކީ މޯބައިލް އަދި ޑެސްކްޓޮޕް ޑިވައިސްތަކަށް ވެސް އޮޕްޓިމައިޒްކޮށްފައިވާ ވެބްސައިޓަކަށް ވާއިރު، ބަލިމީހުންނަށް ކޮންމެ ތަނަކުން ކޮންމެ ވަގުތެއްގައި ވެސް މި ވެބްސައިޓަށް ވަދެވޭނެ އެވެ. އަދި އެޕޮއިންޓްމަންޓް ގަޑި ހަނދާންކޮށްދިނުމަށް ނޮޓިފިކޭޝަން ވެސް ލިބޭނެއެވެ.
މި ވެބްސައިޓް ލޯންޗުކުރުމަކީ ޞިއްޙީ ދާއިރާ ޑިޖިޓަލްކުރުމަށް ކުރެވޭ މަސައްކަތަކަށް އެއްބާރުލުން ދިނުމަށް މެޑިކާ ހޮސްޕިޓަލުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އޮންލައިން ޚިދުމަތްތަކަށް އޮންނަ ޑިމާންޑް އިތުރުވުމާއެކު، ބަލިމީހުންނަށް މަޑުކުރަން ނުޖެހި، ކަންކަން ފަސޭހަކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މެޑިކާ ހޮސްޕިޓަލުން ފޯކަސް ކުރަމުންދާކަން ހާމަވެގެންދެއެވެ.
މެޑިކާ ހޮސްޕިޓަލުން ބަލިމީހުންނަށާއި އެހޮސްޕިޓަލުން ޚިދުމަތްހޯދަން ބޭނުންވާ މީހުންނަށް، ޞިއްޙީ ޚިދުމަތް ކުރިއަށްވުރެ ފަސޭހައިން ލިބޭނެ ގޮތް ފަހިކޮށްދީފައިވާ މެޑިކާ ހޮސްޕިޓަލުގެ ވެބްސައިޓަށް ޒިޔާރަތްކޮށް އޮންލައިން ޚިދުމަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު