ހުޅުމާލޭގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކުން އެކަން ހުއްޓާލައި ދުވާރުމަތިން މޭޒާއި ގޮނޑި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަކި މުހުލަތެއް ދީފިއެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އެޗްޑީސީން މީގެ ކުރިންވެސް ވަނީ އިއުލާން ކޮށްފައެވެ. މިފަހަރު އެ ކޯޕަރޭޝަނުން ބުނީ އޯގަސްޓު 10 ގެ ކުރިން މިފަދަ ތަންތާގައި ގޮނޑިއާއި މޭޒުތައް ބަހައްޓައިގެން ވިޔަފާރިކުރާނަމަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެތަކެތި ނަގައި ސާފުކުރާނެ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ދުވާރުމަތީގައާއި ހެޖުތެރޭގައި މޭޒާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރަމުންދާތީ އާންމުންނަށް އުނދަގޫތަކާއި ކުރިމަތިވެ އެކަމުގެ ޝަކުވާތައް އެ ކޯޕަރޭޝަނަށް ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން ހިނގާބިނގާވެ އުޅޭ ބައެއް ފަރާތްތަކަށް ދަތިވާގޮތަށް ދުވާރު ބޭނުން ކުރުމާއި ސްކޫލް ހިމެނޭ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން އާންމުންނަށް އުނދަގޫވާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މީގެއިތުރުން އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތް ކުރާކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުންނާއި ސްކޫލްތަކުންވެސް ލިބިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހުދުހުދު

13-Aug-2024

ބަައްޔެއްނު....ކޮން ފުރުސަތެއް ދޭންވީ.....ޤަވާޢިދާ ޚިލާފުވީމާ.....ފަތްބޯ ރާބޯ މީހުނަށް ވެސް ފުރުސަތު ދޭންވީނު.



ޓްރެންޑިން