ނަމާދު ވަގުތުތަކުގައ ދަނޑުތަކުގައި ކުޅިވަރުކުޅޭ މައްސަލަ ބައްލަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ރާފިއުއާ އިތުރު ސުވާލުކުރުމަށް ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ކުރެއްވި ސުވާލެއްގައި ވިދާޅުވީ ނަމާދު ވަގުތުތަކުގައި ދަނޑުތަކުގައި ކުޅޭތީ އެ ހިސާބުގައި ދިރިއުޅޭ މީހުންގެ ޝަކުވާތައް ވަރަށް ބޮޑު ކަމަށެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅުން ހުއްޓާލުން އެއީ ވަރައް ކުރީއްސުރެ އަޅުގަނޑުމެންގެ ތެރޭގައި އާދަކޮށްފައިވާ ކަމެއް ކަމަށެވެ.

"އެހެން ނަމަވެސް އެހެން ވާ ކަމަށް ވެއްޖިއްޔާ މިނިސްޓްރީގެ ދަނޑުތައް ބެލެހެއްޓުމަށް ހަވާލުވެފައިވާ ޑިޕާޓްމެންޓްތަކާ ވާހަކަ ދައްކައިގެން އެކަން ބަލަމުންދާނެ ވާހަކަ ދަންނަވަން." ވަޒީރު ރާފިއު ވިދާޅުވިއެވެ.

އެއާ އުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ނުދެއްވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން