ރާއްޖޭގެ ފުރަތަމަ އިންޖިނިއަރިން އެގްޒިބިޝަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ހުޅުވައިދެއްވައިފިއެވެ.

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލަޖީގެ އިންޖިނިއަރިން އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ވިލާ ކޮލެޖުގައެވެ.

މި އެގްޒިބިޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކައިގެ އެމްޑީ މުޢާޒު ވިދާޅުވީ މިފަދަ އެކްޒިބިޝަންތަކުގެ އެންމެ މުހިއްމު އެއް ބޭނުމަކީ، އާންމު ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ހައްލު ހޯދުން ކަމަށާއި މި ހައްލުތައް އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އިންޖިނިއަރިން އާއި ކަމަށެވެ. އަދި ޓެކްނޮލޮޖީ އާއި އާ ވިސްނުންތަކާއެކު ކަންކަން ޙައްލު ކުރުމަށް، މިފަދަ އެގްޒިބިޝަންތަކުން އެހީވެދޭކަމަށް އެމްޑީ ވިދާޅުވިއެވެ.

މި އެގްޒިބިޝަން ތައާރަފްކޮށްދެއްވީ ފެކަލްޓީ އޮފް އިންޖިނިއަރިންގެ ހެޑް އޮފް ސްކޫލް އުދުމާ އަބްދުލް ލަތީފެވެ.

ވިލާ ކޮލެޖުން ބުނީ މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޖިނިއަރިން އެގްޒިބިޝަން ކަމަށާއި މި މައުރަޒުގައި އިންޖިނިއަރިންގެ އެކި ދާއިރާތަކުން 40 އިނޮވޭޓިވް ޕްރޮޖެކްޓެއް ދައްކާލާފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓުތަކަކީ ވިލާ ކޮލެޖުގައި މެކަޓްރޮނިކްސް، މެކޭނިކަލް، އަދި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން ޑިގްރީ ޕްރޮގްރާމްތަކުގެ ދަރިވަރުންގެ ފަހު އަހަރުގެ މަސައްކަތްތައް ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން