ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާމަން، ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު.
ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާމަން، ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުހައްމަދު.
ހެލްތު މިނިސްޓްރީގެ ކޯވިޑް-19 ގެ ކޮރަޕްޝަނާ ގުޅިގެން އެ މިނިސްޓްރީގެ ވެރިންތަކެއް ސަސްޕެންޑުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހެލްތް މިނިސްޓްރީގެ އޯޑިޓް ރިޕޯޓްގެ މައްސަލާގައި ރައީސް ޞާލިޙް ސަސްޕެންޑު ކުރި ބޭފުޅުންގެ ތެރޭގައި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ވެސް ހިމެނެއެވެ. އެ ކޮމިޓީގެ ޗެއާމަން އަކީ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދެވެ. ދެން ސިޔާސީ ބޭފުޅެއްގެ ގޮތުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ. އެ ދެ ބޭފުޅުން ނިސްތްވެވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީއަށެވެ. ދެން ބިޑް ކޮމިޓީގައި ހިމެނެނީ ސިވިލް ސާވިސްގެ ފަސް މުވައްޒަފުންނެވެ.

މީގެ އިތުރުން ސަސްޕެންޑުކޮށްފައި ވަނީ ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތު ކުރެވޭ ވެންޓިލޭޓަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދެވެ. އޭނާ އަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ.

އެބޭފުޅުންގެ އިތުރުން އެ މައްސަލައާ ގުޅިގެން ދެން ސަސްޕެންޑުކޮށްފައި ވަނީ ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ އަހްމަދު އަސްލަމެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެއްލެވުމަށް ފަހު، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ހެލްތް މިނިސްޓްރީން ހިންގާފައިވާ ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތް ފެންމަތިވުމުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ މައްސަލަތައް ތަހުގީގު ކުރުމަށް އޭސީސީ އާއި ފުލުހުންނާ މިއަދު ހަވާލު ކުރައްވައިފައެވެ. އަދި އެ ތަހުގީގު ނިމެންދެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް މިއަދު އެކަހެރިވެވަޑައިގެންފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން