ދަޢުލަތުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީ އިން 2019 ވަނަ އަހަރުގެ މާކެޓިން ހަރަދުތަކަށް 25 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.
2019 ވަނަ އަހަރުގެ އެ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ވަނީ އެ ކުންފުނިން މާކެޓިން ހަރަދުތަކަށް 25.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. މިއީ 2018 ވަނަ އަހަރު އެކުންފުނިން މާކެޓިން ހަރަދުތަކަށް ކުރި ހޭދައަށް ވުރެ ބޮޑު ހޭދައެކެވެ. 2018 ވަނަ އަހަރު ފެން ކުންފުނިން ވަނީ 12.5 މިލިއަން ރުފިޔާ އެކަމަށް ހަރަދުކޮށްފައެވެ.
ފަހަކަށް އައިސް ސަރުކާރުގެ އިދާރާތަކުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ހެލްތު މިނިސްޓްރީއާ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުތަކުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ތަޙުޤީޤު ކުރުމުގެ މަސައްކަތް ފުލުހުންނާއި އޭސީސީން ވަނީ ފަށާފައެވެ. އަދި އެ ރިޕޯޓްތަކާ ގުޅިގެން ބައެއް ފަރާތްތައް ސަސްޕެންޑް ކޮށްފައިވާއިރު، ކޯވިޑް-19 އާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ޚަރަދުތަކުގެ އިތުރު ރިޕޯޓްތަކެއްވެސް އޮޑިޓް އޮފީހުން ގެންދަނީ ތައްޔާރު ކުރަމުންނެވެ.
ސަރުކާރުން ބުނެފައިވަނީ، އޯޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފަސްޖެހުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު